ޔޫއެންޑީޕީ މޯލްޑިވްސް އިން މޯލްޑިވްސް އެކްސެލެރޭޓަރ ލެބް 13 މާރޗް 2021 ވީ ހޮނިހިރު ދުވަހު ލޯންޗްކޮށްފިއެވެ. މޯލްޑިވްސް އެކްސެލެރޭޓަރ ލެބަކީ ޔޫއެންޑީޕީގެ ގްލޯބަލް އެކްސެލެރޭޓަރ ނެޓްވަރކްގެ ބައެކެވެ. މިނެޓްވޯކްގައި މިހާރު ރާއްޖެ ހިމަނައިގެން، 116 ގައުމެއްގައި 92 އެކްސެލެރޭޓަރ ލެބް ހިމެނެއެވެ. ޔޫއެންޑީޕީއިން ހިންގާ މިޕްރޮގްރާމްގެ މަގުސަދަކީ މުޖުތަމަޢުގައި ހުންނަ މައްސަލަތަކަށް ހައްލު ހޯދައިދުނުމުގައި ރައްޔިތުންނާއި، ސަރުކާރާއި، އަމިއްލަ އިދާރާތަކާއި އަދި އިތުރު އެހެން ބައިވެރީންވެސް ހިމެނޭގޮތަށް، 21 ވަނަ ގަރުނަށް ފެތޭ ތަރައްގީ، އިނޮވޭޓިވް ގޮތްތަކަށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވުމެވެ
މައްކާއަށް އައުމަށް ފަހު ޙަރަމުގެ މަޢުހަދުގައި ކިޔަވަން ފެށީމެވެ. އަދި ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާއާއި އިބުނުލް ޤައްޔިމްއާއި އައްޝައިޚު މުޙައްމަދު ބުން ޢަބްދުލް ވައްހާބުގެ ފޮތްތައް މުޠާލިޢާކުރަން ފެށީމެވެ. އަދި ޤައުމުގައި އުޅުނުއިރު ކިޔެވި ފޮތްތަކުގައި ނެތް ވާހަކަތައް ތިމަންނައަށް އެފޮތްތަކުން ފެނުނެވެ. ކުރިން ކިޔެވި ފޮތްތަކުގައިވަނީ